ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން ކުރިއަށްގެންދާ އުރީދޫ ހާއްސާ ޕްރޮމޯޝަނުން ހޮވުނު ތިން ނަސީބުވެރިޔަކަށް އިނާމު ހަވާލުކޮށްފިއެވެ.
މިހާރު ހުޅުމާލޭގައި ކުރިއަށްދާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖު ކުރިއަށްދާ ސަރަހައްދުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ދަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި ރެހެންދި ޓާފް ދަނޑުތައް ކައިރީގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ސާވިސްއެއް ނަގައިގެން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފައެވެ.
މިހާރު ފުރަތަމަ ތިން ހަފުތާގެ ކުޅުން ނިމި، ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައިވާ އިރު، ފުރަތަމަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވުނީ އަހުމަދު ސާއިން އިސްމާއިލް ޝިޔާމެވެ. އޭނާއަށް ވަނީ 203 ލީޓަރުގެ ރެފްރިޖެރޭޓަރެއް ލިބިފައެވެ. ދެވަނަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބިފައިވެއެވެ. އަދި ތިންވަނަ ހަފުތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ސޯފާއެއް ލިބިފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާ އިރު، އޭގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ވަނީ ހިމެނިފައެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ މިމަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ. ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެެެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް