ސްޕެނިޝް ލީގުގައި ރޭ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ވެލެންސިއާ ކައިރިން އެއްވަރު ވެއްޖެއެވެ.
ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، މެޗު ވެގެންދިޔައީ ފޯރިގަދަ، ޑްރާމާވެސް ބޮޑު މެޗަކަށެވެ. މެޗުގެ ފަހު ކަށިގަނޑު ރެފްރީ ފުމެލީ ރެއާލް އެޓޭކަކަށް އަރައި ހުރަހެއް ނެގިތަނުންނެވެ. އެ ހުރަސް ޖޫޑް ބެލިންހަމް ގޯލަށްވެސް ވައްދާލިއެވެ، އެހެން ނަމަވެސް، ރެފްރީ އެއީ ގޯލެއް ނޫން ކަމަށް ނިންމައި، މެޗު ނިންމާލިއެވެ.
އެހިސާބުން ރެއާލްގެ ކުޅުންތެރިންނާއި ކޯޗުން ޓީމު އެއްކޮށް ގޮސް ރެފްރީއާ ޝަކުވާ ކޮށްފައިވާ އިރު، ޖޫޑް ބެލިންހަމްއަށް ރަތް ކާޑުވެސް ދެއްކިއެވެ.
ރޭގެ މެޗުން ރެއާލަށް ޕޮއިންޓެއް ލިބުނު ނަމަވެސް، އަދިވެސް އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ 27 މެޗުން 66 ޕޮއިންޓާއެކުގައެވެ. ޖިރޯނާ ދެވަނައިގައި 26 މެޗުން 59 ޕޮއިންޓާއެކު އޮތް އިުރ، ބާސެލޯނާ ތިންވަނައިގައި އޮތީ 26 މެޗުން 57 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ މަކްތޫރު ޑިއާހަބީއަށް ބޮޑު އަނިޔާއެއް ބާލަން ޖެހިފައިވަ އިރު، ހޫގޯ ޑޫރޯ ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ. އޭގެ ތިން މިނެޓް ފަހުން ރޯމަމް ޔަރެމްޗުކް ޖެހި ގޯލުން ވެލެންސިއާ ރެއާލް ކައިރީ ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ރެއާލް އެއްވަރުކުރިއެވެ.
މިދިޔަ ސީޒަނުގައި ރެއާލްއިން ވެލެންސިއާ ދަނޑުގައި ކުޅުނު މެޗުގައި ނަސްލީ ފުރައްސާރައާ ކުރިމަތިވި ވިނީޝިއަސް ޖޫނިއާގެ ދެ ގޯލުން ރެއާލްއިން މެޗު އެއްވަރުކޮށް، މޮޅުވާން ހިފާލި ނަމަވެސް ފަހު މިނެޓްކޮޅުގައި އެކަން ކާމިޔާބެއް ނުވިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ