ފާނަބަސަންދު (ޗިކަންޕޮކްސް) ފެތުރޭތީ ރައްކާތެރިވާން ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މިދިޔަ އަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީ އާ އަޅައިބަލާއިރު މި އަހަރުގެ މިހާތަނަށް ފާނަ ބަސަންދު ޖެހިގެން ރިޕޯޓް ކުރި މިންވަރު ވަނީ އިތުރުވެފައި ކަަމަށެވެ.
އެޗްޕީއޭއިން "ވަން" އަށް ބުނިގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހު 228 ކޭސް ރިޕޯޓް ކުރިއިރު ފެބުރުއަރީ މަހުގެ މިހާތަނަށް 215 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. ފާނަބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރީ ފ. އަތޮޅުންނާއި މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ފާނަބަސަންދުގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ވަރުދެރަވުން، ނޭފަތުން ފެންއައުން އަދި ހަމުގައި ބިހިތަކެއް ނެގުން ހިމެނެއެވެ.
- ބަލިޖެހިފައި ހުރި މީހަކު ކެއްސައި ކިނބިހިއަޅާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން
- ބިހިނަގާފައި ހުރި މީހެއްގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން
- ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން އެ ބިހި އެކަކުގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮވޭ
- ކުރިން ފާނަބަސަންދު ނުޖެހޭ ކޮންމެ މީހަކީ އެ ބަލި ޖެހިދާނެ މީހެއް
- އެއްފަހަރު އެ ބަލި ޖެހިއްޖެނަމަ ދެވަނަ ފަހަރަށް އެ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ
- ބަލިޖެހިފައިވާ މީހުން އުޅޭ ގޭގެޔަށް ޒިޔާރަތް ނުކުރުން
- ބަލިޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރުތެރެއަށް ނުނިކުތުން
- ފާނަބަސަންދު ޖެހިފައިވާ މީހެއް ނަމަ ގޭތެރޭގެ އެހެން މީހުނާ އެކަހެރިވުން
- ބަލި ފަސޭހަވަންދެން ހިފައިގެންގުޅޭ ތަކެތި (އަންނައުނު، ތުވާލި، ކުޅޭތަކެތި) ވަކިކުރުން
- މި ބަލިން ރައްކާތެރިވުމަށް ޗިކަންޕޮކްސް ވެކްސިން ޖެހުން (މި ވެސްކިން އާންމުގޮތެއްގައި ފިހާރަތަކުން ލިބެން ހުންނާނެ)
ޚަބަރު
ޚަބަރު
ޚަބަރު