ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ގެޓާފޭ ބަލިކޮށް، ބާސެލޯނާއިން ލީގު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ބާސާއިން މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ބާސާއިން ދެވަނައިގައި އޮތީ 26 މެޗުން 57 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް 25 މެޗުން 62 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ މިފަހަރު ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުންދާ ޖިރޯނާއެވެ.
ޖިރޯނާ ބާސާއަށްވުރެ ފަހަތުން ތިންވަނައިގައި އޮތީ 25 މެޗު ކުޅެގެން 56 ޕޮއިންޓާއެކުގައެވެ. މި ހަފުތާ ކުޅޭ މެޗުން މޮޅުވެ، ޖިރޯނާއަށް ބާސާ ތިންވަނައަށް ވައްޓާލުމުގެ ފުރުަސަތު އެބައޮތެވެ.
ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގައިފައެވެ. ރަފީނިއާ ޖެހި ގޯލުން ބާސާ މެޗުގެ ލީޑު ނެގި އިރު، ދެވަނަ ހާފަށް ނުކުމެ، އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ. މެދުކެނޑުމަކަށްފަހު އަލުން ޓީމުގެ ފުރަތަމަ 11 އަށް ނުކުތް ޖާއޯ ފެލިކްސް އެ ގޯލު ޖެހި އިރު، ބާސާއަށް އަނެއް ގޯލުތައް ޖަހައިދިނީ ފްރޭންކީ ޑި ޔޮންގާއި ފާމިން ލޮޕޭޒެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ