ސައިކަލެއް ގޮސް ބަހަކާއި ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިރޭ 8:00 ޖަހާކަންހާއިރު ރިޕޯޓް ކުރި އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވާފައި އައި ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕްގައި އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހި، މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދެމުންދާއިރު، ކަނާތުފައިގެ ކުޑަހުޅުގައި ރެނދުލާފައި ކަމަށްވެސް އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު