ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ފަހުވަގުތު ސެލްޓަ ވީގޯ ބަލިކޮށްފިއެވެ.
ރޭގެ މެޗުގެ ކުރިން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ގްރަނާޑާ ކައިރިން 3-3 އިން އެއްވަރުވެފައި އޮތް ބާސާއަށް އަލުން ފޯމަކަށް އެޅުމަށް ރޭގެ މެޗު އޮތީ މުހިއްމު ވެފައެވެ. މި ސީޒަނުގައި މާޔޫސީ މެޗުތަކަކާ ބާސާއަށް ކުރިމަތިވެފައިވާ އިރު، ރޭގެ މެޗުވެސް އެއްވަރުވެގެން ނިމެން ދަނިކޮށް، ފަހު މިނެޓުގައި އެޓީމު ސަލާމަތް ކޮށްދިނީ ލެވަންޑޯސްކީ ޖެހި ޕެނަލްޓީންނެވެ.
ރަށުން ބޭރުގައި ރޭ ބާސާއިން ސެލްޓަ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސާއަށް ފަހުވަގުތު މޮޅުވެވުނީ ލިބުނު ޕެނަލްޓީއެއްގައެވެ. ރޭގެ މެޗުން މޮޅުވެ ބާސާ މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތް އިރު، ލީގު ތަށި ދިފާއުކުރަން އޮތީ އުނދަގޫ ހާލަތެކެވެ. ރެއާލް މެޑްރިޑުން އެއްވަނައިގައި 24 މެޗުން 61 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި ޖިރޯނާ އޮތޯ 24 މެޗުން 56 ޕޮއިންޓާއެކުގައެވެ. ބާސާއަށް 25 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 25 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ބާސާއިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލުން ބާސާ ލީޑު ނެގި ނަމަވެސް، އިއާގޯ އަސްޕާސް ވަނީ ސެލްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އެ ގޯލާއެކު މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ފަހު މިނެޓުގައި ލިބުނު ޕެނަލްޓީ ލެވަންޑޯސްކީ ކާމިޔާބުކުރީ ދެފަހަރަށް ޖަހަން ޖެހިގެންނެވެ. ފުރަތަމަ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ކީޕަރު ރޮނގުން ބޭރު ހުރުމުން ރެފްރީ ނިންމީ އަލުން ޖެހުމަށެވެ. ދެވަނަ ފަހަރަށް ލެވަސްޑޯސްކީ ޕެނަލްޓީ ކާމިޔާބުކޮށް، ސީޒަނުގައި އޭނާ ޖެހި 13 ވަނަ ގޯލު ކާމިޔާބު ކުރިއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ