ސްޓޭޓް އިލެކްޓިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެހީތެރިކަމާ އެކު 22 ގަޑިއިރު ފަހުން، ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް، އެ ރަށަށް ކަރަންޓުދީފިއެވެ.
ގާތްގަނޑަކަށް 5000 މީހުންގެ އާބާދީއެއް އޮންނަ ދުވަފަރުން 300 އަށް ވުރެ ގިނަ ގެއިން އިއްޔެ ހެނދުނުން ފެށިގެން ކަރަންޓު ކެނޑުނު އިރު، އެރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ އެމްޑަބްލިއުއެސްސީންނެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ހަސަން މިއަދު އެސްކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެކުންފުނީގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ދުވާފަރުގެ ރައްތިޔުންނަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކޮށްދީފިވާ ކަމަށެވެ.
"ސްޓެލްކޯގެ އިންޖިނިއަރިން ޓީމުގެ އެހީތެރިކަން ދުވާފަރަށް ފޯރުކޮށްދިނީ، ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ އެފަދަ ކޮންމެ ދަނޑިވަޅަކީ ވެސް ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާތީ،" ފަހުމީ ވިދާޅުވިއެވެ.
ދުވާފަރު ކައުންސިލުގެ އަންހެން މެމްބަރު ޒުހުދާ އާދަމް "ވަން" އަށް ވިދާޅުވީ މީގެކުރިން ވެސް ކަރަންޓުގެ މަސައްކަތްތަކެއް ކުރުމަށް އެމްޑަބްލިޔުއެސްސީން ހަފުތާއަކު އެއްފަހަރު ކަރަންޓުގެ ހިދުމަތް މެދުކަނޑާލާ ކަމަށެވެ.
"ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެމްޑަބްލިޔުއެސްސީން މިފަހަރު ނޯޓިސް ފޮނުވީ ހެނދުނު 9:00އިން ހަވީރު 5:00 އަށް ކަރަންޓު ކެނޑޭނެ ކަމަށް. ކުރިން ނަމަ މުޅިންވެސް ނޯޓިސް ފޮނުވާނީ ކަރަންޓު އަޕްޑޭޓް ކުރުމަށް. ނަމަވެސް އިއްޔެ އާއި ރޭވެސް ކަރަންޓު މައްސަލަ ހައްލު ނުވި. ސްޓެލްކޯއިން ބޭފުޅުން ދުރުވެ ޖެހިފައި ހުރި މައްސަލަ ދެނެގަނެ. މިހާރު ވަނީ ހައްލުި ލިބިފައި،" ކަމަށް ޒުހުދާ ވިދާޅުވިއެވެ.
ޒުހުދާ ވިދާޅުވީ 22 ގަޑިއިރު ފަހުން ދުވާފަރު ރައްޔިތުންނަށް ކަރަންޓު ލިބުނީ ސްޓެލްކޯގެ މުވައްޒަފުންނާއި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު