އުރީދޫ މޯލްޑިވްސްގެ ލަކީޑްރޯގެ ނަސީބުވެރިން ދޯހާ މެރެތަންގައި ދުވެފިއެވެ.

އިއްޔެ ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ ދޯހާ މެރެތަންގައި އުރީދޫއިން ފޮނުވި ދުވުންތެރިން ބައިވެރިވެ ދުވެފައިވާ އިރު، މިމަހުގެ ކުރީކޮޅު އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއިން ހޮވުނު ދެ ކަސްޓަމަރުންނަކީ އަފީފް އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދުއެވެ.

އޭގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސްޓާފުންގެ ތެރެއިން ލަކީޑްރޯއިން ހޮވުނު ހުސައިން މާޒިން މުހައްމަދުވެސް އިއްޔެގެ މެރަތަންގައި ދުވެފައިވެއެވެ.

މިފަހަރު ގެ ދޯހާ މެރެތަންގައި 15،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.

އުރީދޫގެ ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.

މެރަތަންއަށް މީހުން ހޮވުމުގައި ވަކި ޝަރުތުތެކެއް ކަނޑައަޅާފައިވާ އިރު، އުރީދޫ އަބަދުވެސް ފާހަގަކޮށްލެވެނީ ރައްޔިތުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދޭ ކުންފުންޏެއްގެ ގޮތުގައެވެ.