އުރީދޫ މޯލްޑިވްސް އިން ކ. ދިއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން، އެ ކުންފުނީގެ 'ގްރޯ ވިތު އުރީދޫ' އިސްނެގުމުގެ ދަށުން އެ ރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އުރީދޫން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު ދިއްފުށީގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެރަށުގެ ގިނަ ބަޔަކު ބައިވެރިވެ އެ ރަށުގެ އެކި ސަރަހައްދުގައި ގަސް އިންދާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އެއީ ދިއްފުށީގެ ފެހިކަން އިތުރު ކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ. އެ ހަރަކާތަށް ބޭނުންވާ ގަސް ހަދިޔާ ކުރީ އެޗްޑީސީން ކަމަށް ވެސް އުރީދޫން ބުންޏެވެ.
"ގްރޯ ވިތު އުރީދޫ" މެދުވެރިކޮށް، އުރީދޫން އަންނަނީ ތިމާވެއްޓާ މެދު ޒިންމާދާރުވުމަށް ބާރު އެޅުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި މުޖުތަމައުތަކާއި އެކި ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް