ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓެއް ދީފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާ ގޮތަށް ކަމަށެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ޗީފް ފައިނޭންޝިއަލް އޮފިސަރު އަހުމަދު ޝާމެވެ. ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު