ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަމުގެ ޝަކުވާ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުންދާތީ ކަމަށެވެ.

އެޗްޑީސީން ބުނީ، ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން "މައި ހުޅުމާލެ" ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

  • އެލުމުނިއަމް އަދި ދަގަނޑު ބޯޓު - 216 ރުފިޔާ
  • ލަކުޑި އަދި ފައިބަރު ދޯނި/ބޯޓު (ބައިނަލްއަގުވާމީ) - 216 ރުފިޔާ
  • ލަކުޑި އަދި ފައިބަރު ދޯނި/ބޯޓު (ރާއްޖޭގެ) - 216 ރުފިޔާ