އިންޑިއަން އޯޝަން އައިިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އޮގަނައިޒިން ކޮމިޓީ (ސީއައިޖޭ)ގެ ނައިބު ރައީސަކަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)، އިތުރު ދައުރަކަށް އިންތިހާބުކޮށްފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމު، 2021 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފުރަތަމަ ސީއައިޖޭގެ ނައިބަކަށް އިންތިހާބުވީ، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާ ދެވަނަ ދައުރަކަށް އިއްޔެ އިންތިހާބު ކޮށްފައި ވަނީ ކޮމޮރޮސްގައި ކުރިއަށް ގެންދިޔަ ސީއައިޖޭ ބައްދަލުވުމެއްގައެވެ.

ކޮމޮރޮސްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އެމްއޯސީގެ ސެކެރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި ސީވަޑްލިއުޖީ އޮފިސާ އިބްރާހީމް އީމާން ބައިވެރިވެވަޑައިގެންވާފައިވެއެވެ. އެމްއޯސީގެ ފަރާތުން ކުރިއަށް އޮތް ކޮމޮރޮސްގެ އައިއޯއައިޖީއަށް ތައްޔާރުވުމަށް ހާއްސަ މަޝްވަރާތަކެއްވެސް ސީއައިޖޭ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއޯސީން ބުނެފައިވެއެވެ.

މަޑަގަސްކަރާގައި މިދިޔަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖޭން، 28 މެޑަލް ހޯދި އިރު، މިއީ މިހާތަނަށް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭން ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ.

އައިއޯއައިޖީ ދެން އޮންނާނީ 2027 ވަނަ އަހަރުގައި ކޮމޮރޯސްގައެވެ.