ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަޝްރޫއު ކުރިޔަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ސަބްބޭސް ހެދުމަށް ބޭނުންވާ 2,400 ކިއުބިކް މީޓަރުގެ ވެލި އެކްސްކަވޭޓް ކުރުމާއި 15,039 އަކަ މީޓަރުގެ ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރު ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއުގެ އަގަކީ 3.49 މިލިއަން ރުފިޔާއެވެ.
ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 90 ދުވަހުން ނިންމާގޮތަށެވެ.
ފުނަދޫ ދެކުނުކޮޅުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު