މަސްވެރިކަން ޕްރޮމޯޓު ކުރުމުގެ ބޭނުމުގައި "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި 100 ޕަސަންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، އުފައްދަވައިފިއެވެ.
ރައީސް މުއިއްޒު ރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވީ އެ ކުންފުނި އުފެއްދެވީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް، މަސްވެރިކަމުން، ދިވެހި މުޖުތަމައަށް ލިބޭ މަންފާ އިތުރު ކުރުމުގެ އިތުރުން އެކުއާކަލްޗާ އާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ނެރުމަކީ ވެސް އެ ކުންފުނި އުފެއްދި ބޭނުމެއް ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.
"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް" ދަރަންޏަށް، ޝަރުއީ ބޭނުންތަކަށް އަދި އެހެން ހުރިހާ ހާލަތެއްގައި ވެސް، ދިވެހި ސަރުކާރުން ޒިންމާވާނީ، ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅައިފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް އެ ކުންފުންޏަށް ދިވެހި ސަރުކާރުން ދައްކާފައިނުވާނަމަ ކަމަށް ގަރާރުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑް" އަށް ހުއްދަ ކޮށްފައިވާ ރައުސްމާލަކި 10 ރުފިޔާ ކަމަށެވެ. ކުންފުނީގެ ހިއްސާގެ އަދަދަކީ 10 މިލިއަން ކަމަށާއި ހިއްސާގެ މައްޗަށް ބަހާލާފައިވަނީ 100،000 ރުފިޔާ ކަމަށް ވެސް ގަރާރުގައި ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު