މާލެއާއި ހުޅުމާލެއާ ދެމެދު ޖަހާފައިވާ ސޯލާ ޕެނަލްތަކަށް ކާރެއް އަރައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެެންޓް ހިނގާފައިވަނީ މިއަދު 12:31 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެކްސިޑެންޓުވި ކާރާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު