ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ހެނދުނު 10:00 ގައި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު 73 ދާއިރާއެއްގެ ޓިކެޓަށް 283 މީހަކު އެ ޕްރައިމަރީގައި ވާދަކުރެއެވެ. ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މިހާރު ފަށައިގެން ކުރިއަށްދާ ޕްރައިމަރީގައި 227 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ ތަންތަނަކީ:
- ކަލާފާނު ސްކޫލު
- ޖަމާލުއްދީން ސްކޫލު
- ތާޖުއްތީ ސްކޫލު
- ވިލިމާލޭ ޔޫތް ސެންޓަރު
- ކާމިލްދީދީ ސްކޫލު (ހުޅުމާލޭ)
- ރެހެންދި ސްކޫލު (ހުޅުމާލޭ)
އޭގެ އިތުރުން، އަތޮޅުތެރޭގެ މީހުން ވޯޓު ލުމަށް ވޯޓު ވޮށިތައް ބަހައްޓާފައި ހުރީ ހެންވޭރު ދަނޑުގައެވެ.
މިއަދު ބާއްވާ ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު