މާލޭގައި ބިދޭސީއަކަށް ތޫނު ހަތިޔާރަކުން ހަމަލާދިން މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެ މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:26 ހާއިރު ކަމަށެވެ.
މާރާމާރީގައި އަނިޔާވި ބިދޭސީ މިހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ މާރާމާރީގެ ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔާވި ބިދޭސީ މީހާގެ ބޮލުން ލޭފައިބާ މަންޒަރު ފެނެއެވެ. އަދި ފުލުހުން އޭނާ އައިޖީއެމްއެޗަށް ގެންދިއުމަށް ކާރަށް އަރުވާ މަންޒަރު ފެނެއެވެ.
އަދި ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ ފުރަގަހަށް ބިޑި އަޅުވައިގެން ގެންދާ މަންޒަރު ވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު