ރޯދަ މަހުގެ ތެރޭގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމާ ދެކޮޅުކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީންވެސް ބުނެފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ.
ޕީއެންސީން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ކަންކަމުގައި އިސްކޮށް އުޅުއްވާނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ރޯދަ މަހު ރިޔާސީ އިންތިހާބު ބޭއްވުމަކީ ޕީޕީއެމް/ޕީއެންސީންވެސް ދެކޮޅު ކަމެއް ކަމަށާއި އިންތިހާބު ލަސްކުރުމަށްވެސް އަވަސްކުރަން ވެސް ތާއީދު ކަމަށެވެ.
"ރޯދަ މަހަކީ ސިޔާސީ ކަންކަމުގައި އުޅޭ މަހަކަށްވުރެ އަޅުކަމުގައި މަސްއޫލުވެ އުޅޭ މަހެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ" ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ރޯދަ މަހު މަޖިލިސް އިންތިހާބު ބޭއްވުމުން ވޯޓު ލުމަށް ނުކުންނަ މީހުންވެސް މަދުވާނެ ކަމަށެވެ.
އިދިކޮޅު މައި ދެ ޕާޓީ، އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަނީ ރޯދަ މަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ އިންތިހާބު ލަސްކުރަން ގާނޫނު އިސްލާހު ކުރަން ދެ ޕާޓީން ވަނީ އެއްބަސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު