ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ގއ އަތޮޅު ގްރޫޕް ދޭއްގެ ފުރަތަމަ މެޗުތައް ވިލިގިއްޔާއި ދެއްވަދޫން ކާމިޔާބު ކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، މިއަހަރު ގއ. އަތޮޅުން ނުވަ ޓީމަކުން ވާދަކުރެއެވެ. އެ އަތޮޅުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، އަތޮޅު ޗެމްޕިއަންކަން ހޮވާނީ ސެމީ ފައިނަލަށް ފަހު ކުޅެވޭ ފައިނަލުންނެވެ.
ގއ އަތޮޅުގެ ގްރޫޕް ދޭއްގެ މެޗުތައް ރޭ ފެށި އިރު، ދެއްވަދޫން ކަނޑުހުޅުދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދެއްވަދޫގެ ދެ ގޯލުވެސް ޖަހައިދިނީ ގައުމީ ޓީމަށްވެސް މިހާރު ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. ކަނޑުހުޅުދޫގެ ގޯލު ޖެހީ އަހްނަފް ޒާހިރެވެ.
ވިލިނގިލިން ރޭ ކުޅުނު މެޗުގައި ކޮލަމާފުށި ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވިލިނގިލީގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ރިފާއު ހަސަނާއި ހުސައިން މިފްރާހް ވަހީދު އަދި އިސްމާއީލް އަޒީޒެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް