މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުކޮށް ވަޒީފާއިން ވަކި ކުރި، ކ. ކާށިދޫ މަސްޖިދުއްޒިކްރާގެ ކުރީގެ އިމާމު ކ. ކާށިދ،ޫ ގާނިމް ސަލީމަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.
ގާނިމް ސަލީމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިމާމެއްގެ ގޮތުގައި ކ. ކާށިދޫގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. އޭނާއަކީ ކ. ކާށިދޫ ކައުންސިލުގެ އިދާރާއިން އެވަގުތަކު ކަނޑައަޅާ މިސްކިތެއްގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އެ މައްސަލަ ހިނގިއިރު އޭނާ އިމާމު ކަމުގައި ހުރީ ކ. ކާށިދޫ މަސްޖިދުއްޒިކްރާގަ އެވެ.
ގާނިމް ވަޒީފާ އަދާކުރަމުން ދަނިކޮށް، އޭނާއާ ގުޅޭގޮތުން އާންމު ފަރާތްތަކަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރުމަށް 10 ނޮވެންބަރު 2022 އިން ފެށިގެން ނުވައެއް ޑިސެންބަރު 2022 ގެ ނިޔަލަށް މުސާރަ ލިބޭގޮތަށް ސަސްޕެންޑްކުރި އެވެ. އޭގެ ފަހުން 16 ނޮވެންބަރު 2022 ގައި އާންމު ފަރާތްތަކަކުން ސޮއިކޮށް އިތުރު ޕެޓިޝަނެއް ހުށަހަޅާފައިވާކަން ފާހަގަކޮށް، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއ،ި މިސްކިތަށް އަރާ މީހުންނާ ޒުވާބުކުރުމާއި، ވަގުތަށް ބަންގި ނުގޮވުމާއި، ނަމާދުގައި ސޫރަތްތައް އޮޅުވާލައިގެން ކިޔާކަމަށް ތުހުމަތުވާ މައްސަލައިގައި ތަހުގީގުކުރާކަމަށް އޭނާއަށް އެންގިއެވެ.
އޭގެ ފަހުން މުސާރަ ނުލިބޭގޮތަށް ގިނަ ދުވަސްތަކަކު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު، ނުވައެއް ފެބްރުވަރީ 2023 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ.
މިކަމާގުޅިގެން ގާނިމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނ،ީ އޭނާގެ މައްޗަށް ތުހުމަތު ކުރި މައްސަލަ ތަހުގީގު ކުރުމުގައި ހެއްކާބެހޭ ގާނޫނާ ހިލާފު ވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއ،ި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލައި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އޭގެ އިތުރުން އޭނާ އަދާކުރަމުން އައި ވަޒީފާއަށް ރުޖޫއަ ކުރުމަށާއ،ި އޭނާއަކީ ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމުގައި ނުބެލުމަށާއ،ި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫއަކުރުމާ ހަމައަށް އޭނާ ވަޒީފާގައި ހުރިނަމަ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބެން ޖެހޭ އެންމެހައި ފައިސާއާއި ރޯދަމަހުގެ އިނާޔަތާއ،ި މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑްކުރި މުއްދަތަށްވާ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށް ސިވިލްސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ކުރި ހުކުމްގައި ވަނީ، ގާނިމް ސަލީމް ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނު ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާ ފަދަ ހާލަތެއް މެދުވެރިވެގެންކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން ގާނިމް އަދާކުރަމުންދިޔަ މަގާމަށް އޭނާ އަނބުރާ ރުޖޫއަކުރުމަށާއ،ި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއ،ި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާއިން އޭނާ ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތުގެ ގޮތުގައި ދީފައިވާ 7,765 އާއ،ި ވަޒީފާއިން ވަކިކުރުމަށްފަހު އާމްދަނީގެ ގޮތުގައި ހޯދާފައިވާ 34,513.8 ރުފިޔާ އުނިކުރުމަށްފަހު، 1445 ވަނަ އަހަރުގެ ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 3000 ރުފިޔާ އާއި މުސާރަ ނުލިބޭގޮތަށް އޭނާ ސަސްޕެންޑްކުރި މުއްދަތަށް މުސާރައިގެ ގޮތުގައިޖެހޭ 15,788.83 އަކީ ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން، ގާނިމަށް ދޭން ޖެހޭ ފައިސާކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން 30 ދުވަހުގެ ތެރޭގައި ގާނިމަށް އެފައިސާ ދިނުމަށްފަހ،ު އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށ،ް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު