ރާއްޖެއަށް މަސްތުވާތަކެތި ތެރެކުރި ކަމަށް ތުހުމަތުކޮށް ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުގައިވާ ގޮތުން 27 އަހަރުގެ ފިރިހެން މީހާ އާއި 20 އަހަރުގެ އޭނާގެ އަންހެނުންގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަ ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ، އެ ތަކެތި ރެސިމޭޓަށް ޕޮޒިޓިވްވެފައިވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް ތަހުލީލުން ދައްކާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އޭގެ އިތުރުން ފިރިހެން މީހާގެ އެ ފިރިހެން މީހާގެ ކުޑަކަމުދާ ތަކެތި ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
ފިރިހެން މީހާ ވަނީ އެ ދަބަހަކީ އޭނާގެ ލަގެޖެއް ނޫން ކަމަށާއި އެއީ މީހަކު ހަވާލު ކުރި ލަގެޖެއް ކަމަށް ޝަރީއަތުގައި ބުނެފައެވެ. ނަމަވެސް އެ ދަބަހުން އެ ދެމަފިރިންގެ އަންނައުނު ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ.
މީގެ އިތުރުން އަންހެން މީހާ ވަނީ އޭގައި ހުރި މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް ނެތް ކަމަށްވެސް ބުނެފައެވެ. އެ އަންހެން މީހާގެ އަތް ދަބަހެއްގެ ތެރެއިން 1،751 ޑޮލަރު ވެސް ފެނިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު