ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާ، އެގައުމުގެ އިންޓީރިއާ މިނިސްޓަރު، ޖެރާލްޑް ޑާމަނިންގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ހުށަހަޅައިފިއެވެ.
ފްރާންސްގެ މިނިސްޓަރު ޖެރާލްޑްގެ މައްޗަށް ބެންޒެމާ އަބުރުގެ ދައުވާ އުފުލާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ޖެރާލްޑް ބެންޒެމާއަށް ފާޑު ކިޔައި، ބެންޒެމާގެ މައްޗަށް ނިރުބަވެރިންނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރީ ފަލަސްތީނުގައި އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހަމްދަރުދީވެ ކޮށްފައިވާ ޕޯސްޓަކަށް ރިއާޔަތް ކޮށެވެ. ބެންޒެމާ ފަލަސްތީނުގައި އަނިޔާވެރި އިސްރާއީލުން ދިން ލާއިންސާނީ ހަމަލާތަކަށް، ފަލަސްތީނުގެ ދިފާއުގައި ކުރި ޕޯސްޓަކާ ގުޅިގެން ޖެރާލްޑް ވިދާޅުވީ ބެންޒެމާއަކީ "މުސްލިމް ބްރަދަހުޑް"އާ ގުޅުން އޮތް ފަރާތެއް ކަމަށެވެ.
ބެންޒެމާގެ ފަރާތުން މައްސަލަ ހުށަހެޅި ވަކީލު، 92 ގަނޑުގެ ބަޔާނެއް ހުށަހަޅާފައިވާ އިރު، ބެންޒެމާ ބުނެފައި ވަނީ މިނިސްޓަރުގެ ވާހަކައިގެ ސަބަބުން އޭނާގެ އަގު ވެއްޓިފައިވާ ކަމަށެވެ. އަދި ދުވަހަކުވެސް "މުސްލިމް ބްރަދަހުޑް" އާ ގުޅުމެއް ނުބާއްވާ ކަމަށާއި، މިނިސްޓަރު މަސައްކަތް ކުރަނީ މުޖުމަތަމުގައި ދޮގު ވާހަކަ ފަތުރައި ބައިބައި ކުރަން ކަމަށްވެސް ބަޔާނުގައިވެއެވެ.
ޖެރާލްޑަކީ މީގެ ކުރިންވެސް ބެންޒެމާއަށް ފާޑު ކިޔާފައިވާ މިނިސްޓަރެކެވެ. އެގޮތުން ފްރާންސުން ނިރުބަވެރިންނަށް ވާގި އެދޭތީ އެގައުމުގެ ގައުމީ ސަލާމް ކިޔުމަށް ބެންޒެމާ އިންކާރު ކުރުމުން އެކަމަށް ޖެރާލްޑް ވަނީ ފާޑު ކިޔައިފައެވެ.
ކަރިމް ބެންޒެމާ
ކަރިމް ބެންޒެމާ
ކަރިމް ބެންޒެމާ