އިންގްލެންޑްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިފާގު ދޫކޮށް، ނެދަލޭންޑްސްގެ އަޔެކްސްއަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ.
އުމުރުން 33 އަހަރުގެ ހެންޑަސަން، ސައުދީއަށް ދިޔައީ މިދިޔަ ޖުލައި މަހުއެވެ. 12 މިލިއަން ޕައުންޑްގެ ޑީލެއްގައި ހެންޑަސަން ސައުދީއަށް ދިޔައީ ގާތްގަނޑަކަށް ހަފުތާއަކު ހަތް ލައްކަ ޕައުންޑްގެ ބޮޑު މުސާރައެއްގައެވެ. އެ ޓްރާންސްފާއާއެކު ހެންޑަސަނަށް ފާޑުކިޔުންތައް އަމާޒުވި އިރު، އޭނާ މިހާރު ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންގްލެންޑް ގައުމީ ޓީމަށް މިހާތަނަށް 79 މެޗު ކުޅެފައިވާ ހެންޑަސަން، މީގެ ކުރިން ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅެދީ އެ ކްލަބުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އިރު، ހެންޑަސަން އެ ކްލަބު ދޫކޮށް ސައުދީއަށް ދިޔުމުން ފާޑުކިޔުން އަމާޒުވީ އިންގްލެންޑް ސަޕޯޓަރުންގެ ފަރާތުންނެވެ.
އެއީ ސައުދީގައި އެއްޖިންސުން ގުޅުން ހިންގުމާއި ދީނީ މިނިވަންކަމަށް ޖާގަ ނޯންނާތީ ކަމަށް ބުނެއެވެ. އެ މައްސަލަތަކުގައި އާންމުކޮށް އިނގިރޭސި ސަޕޯޓަރުން ގައުމުތަކުގެ ސަގާފަތާއި ދީނަށް އިހުތިރާމު ކުޑަކުރާތަން ފެނިފައިވާ އިރު، ބެލެވޭ ގޮތުގައި ހެންޑަސަނަށް "ބޫ" ކުރީވެސް އެހެންވެއެވެ.
ހެންޑަސަން ސައުދީއަށް ބަދަލުވިފަހުން އެންމެ އެކަށީގެންވާ ކުޅުމެއް އަދި ދެއްކިފައި ނުވާ އިރު، މިހާތަނަށް ކުޅުނީވެސް އެންމެ 17 މެޗެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު