އިންގްލެންޑްގެ ކޯޗުކަން ކުރި ސްވެން-ގޮރަން އެރިކްސަންއަށް ކެންސަރު ޖެހި، ނުރައްކާތެރި ހާލަތެއްގައި ހުރި ކަމަށް އޭނާ އިއުލާނުކޮށްފިއެވެ.
އުމުރުން 75 އަހަރުގެ ސްވިޑެން ކޯޗު، އެރިކްސަންއަކީ އެހެން ގައުމެއްގެ ކޯޗަކު އިންގްލެންޑް ޓީމަށް ކޯޗުކަން ކޮށްދިން ފުރަތަމަ ކޯޗެވެ. އޭނާ ވަނީ އިންގްލެންޑް ގައުމީ ޓީމާއެކު 2002 ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށް، 2004 ވަނަ އަހަރު ޔޫރޯގެ ކުއާޓާ ފައިނަލަށްވެސް ޓީމު ގެންގޮސްދީފައެވެ.
"އަހަރެން ހިތްވަރުކުރާނަން އެންމެ ފަހުވަގުތާ ޖެހެންދެންވެސް. އަހަރެންގެ ކެންސަރު ބަލި ސީރިއަސް. އެންމެ ގިނަވިޔަސް ޑޮކްޓަރު އަހަންނަށް ދީފައި އޮތީ އަހަރެއް. އެއީ އެންމެ ރަނގަޅަށް ކަންތައް ދާނަމަ. އެހެން ނަމަވެސް އެއަށްވުރެ ހާލަތު ގޯސްވެސް ވެދާނެ،" އެރިކްސަން ބުންޏެވެ.
ސާޅީސް ދެ އަހަރު ކޯޗުކަމުގައި ހޭދަކުރި އެރިކްސަންއަށް ކެންސަރު ޖެހުނުކަން އެނގުނީ މީގެ އަހަރެއް ދުވަސްކުރިންނެވެ. އެންމެފަހުން މީގެ 11 މަސް ކުރިން އޭނާ ކޯޗުކަން ކޮށްދިން ސްވިޑެންގެ ކާލްސްޓަޑްގެ ކޯޗުކަމުން ދުރަށް ޖެހިލީވެސް ބަލި ހާލަތު ގޯސްވެގެންނެވެ.
އެރިކްސަން ބުނީ ހޮސްޕިޓަލްގައި އެޑްމިޓް ނުކުރި ނަމަވެސް، މިހާރުވެސް ހާލަތު އެހާ ރަނގަޅު ނޫން ކަމަށާއި، މިހާރު ދަނީ ފަރުވާ ކުުރަމުން ކަމަށެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު