އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ދެވަނަ ޑިވިޝަނުގެ މިޑްލްސްބްރާއިން ޗެލްސީން ކައިރިން 1-0 ގެ މޮޅެއް ހޯދައިފިއެވެ.
މައިކަލް ކެރިކް ކޯޗުކަން ކޮށްދެމުން އަންނަ މިޑްލްސްބްރާ އަމިއްލަ ދަނޑުގައި ރޭ ޗެލްސީ ބަލިކުރި އިރު، އެ ޓީމުން އުންމީދުކުރަމުން އަންނަނީ 20 އަހަރަށްފަހު ލީގު ކަޕް ފައިނަލުގައި ކުޅުމަށެވެ. ދެވަނަ ލެގު މިމަހުގެ 23 ވަނަ ދުވަހު ޗެލްސީ ދަނޑުގައި އޮންނާނެއެވެ.
ފުރަތަމަ މިނެޓުން ފެށިގެން ރަނގަޅަށް ކުޅެމުން އައި ޗެލްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ހުސް ފުރުސަތުތައް ބޭކާރު ކުރުމެވެ. ކޯލް ޕާމާއާއި ރަހީމް ސްޓާލިންނަށްވެސް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، އެޓީމުން ވަނީ 18 ހަމަލާއެއް އުފައްދާފައެވެ. އޭގެ ތެރެއިން ގޯލާ އަމާޒުކޮށްލެވުނީ އެންމެ ފަސް ހަމަލާއެކެވެ.
ރޭގެ މެޗަކީ ޗެލްސީއަށް މި ސީޒަނުގައި ގޯލެއް ނުޖެހި ނިންމާލަން ޖެހުނު ހަވަނަ މެޗެވެ. އެޓީމުން މިހާތަނަށް 40 ބޮޑު ފުރުސަތެއް ނަގާލާފައިވާ އިރު، ޗެލްސީއަކީ ބޮޑެތި ފުރުސަތުތައް އެންމެ ގިނައިން ބޭކާރު ކޮށްލި ޓީމެވެ.
ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު، މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިނީ ހޭޑެން ހަކްނޭ އެވެ. އެ ގޯލަކީ އަރިމަތިން އީސާއިޔާ ޖޯންސް ނަގައިދިން ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް