ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާގެ ވެރިރަށް ބެއިޖިންއަށް މިއަދު ވަޑައިގެންފިއެވެ.
ރައިސްގެ ދެކަނބަލުން ބެއިޖިންއަށް ވަޑައިގެންނެވީ ޗައިނާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޗައިނާގެ ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް މަރުހާބާ ދެންނެވުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ ދެކަނބަލުން ބެއިޖިންއަށް ވަޑައިގަތުމުން އެ ދެކަނބަލުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންސްޕެކްޓް ކޮށްދެއްވިއެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ފަހިކޮށްދިނުމަށް "އިންވެސްޓް މޯލްޑިވްސް 2024"ނަމުގައި ފޯރަމެއް ބާއްވައިފައެވެ. އެ ފޯރަމް އިންތިޒާމު ކުރީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު