ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި ހުންނަ ޝިއަމެން ފްރީ ޓްރޭޑް ޒޯނަށް ޒިޔާރަތްކުރައްވައިފިއެވެ.
މިއީ ރައީސް ޗައިނާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ރައީސް އޮފީހުން ބުނީ އެ ޒިޔާރަތުގައި ރައީސްއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ޒޯނުގެ ހާއްސަ ތަންތަން ބައްލަވާލައްވާފައިވާ ކަމަށާއި އެތަނުގެ މަސައްކަތްތަކާ ގުޅޭ ވީޑިއޯއެއް ވެސް ބައްލަވާލައްވާފައިވާ ކަމަށެވެ.
ރައީސް ޗައިނާއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް އެ ގައުމަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޗައިނާ ސަރުކާރު އިސް އޮފިޝަލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓު ބައެއް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުގައި، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތައް ބައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއާއި އިގުތިސާދީ އަދި ޓެކްނޮލޮޖީ ދާއިރާގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާވެސް ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު