ރަޝިޔާއިން ކޮންމެ އަހަރަކު 32،000 ޑްރޯން އުފައްދަން ނިންމައިފިއެވެ.
ރަޝިޔާއިން އެ ގައުމުގެ މިލިޓަރީ ބާރުވެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކު 32،000 ޑްރޯން އުފެއްދުމަށް ނިންމާފައިވާކަމަށް ހާމަކޮށްފައި ވަނީ އެ ގައުމުގެ ޑެޕިއުޓީ ބޮޑުވަޒީރު އެންޑްރެއި ބެލުސޯވް ކަމަށް ނޫސްތަކުން ބުނެއެވެ.
ރަޝިޔާއިން ވަނީ އަހަރަކު 32،000 ޑްރޯން އުފެއްދުން 2030 ވަނަ އަހަރާއި ހަމައަށް ނުހުއްޓައި ކުރިޔަށް ގެންދިއުމަށްވެސް ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
2022 ވަނަ އަހަރު ފެށި ރަޝިޔާ ޔޫކެރޭން ހަނގުރާމައިގައިވެސް ރަޝިޔާއިން ގިނަ އަދަދަކަށް ޑްރޯން ބޭނުންކުރަމުންދާކަމަށް އޮފިޝަލުން ބުނެއެވެ. ރަޝިޔާއިން ބޭނުންކުރަނީ އިރާނުން އުފައްދާ ޑްރޯން ކަމަށްވެސް އޮފިޝަލުން ބުނާއިރު އެއީ ކޮލިޓީ ދަށް ޑްރޯން ތަކެކެވެ.
ރަޝިޔާއިން ޑްރޯން އުފެއްދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރުމަށް ރާވާފައިވާއިރު އެ ގައުމުން އެ މަސައްކަތަށް 7.66 ބިލިއަން ޑޮޮލަރު ބަޖެޓު ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ޔޫކްރެއިން އިން ވެސް ވަނީ އެ ގައުމުން ޑްރޯން އުފެއްދުމުގެ މަސައްކަތް ފެށިކަން މީގެ ކުރިން އާންމުކޮށްފައެވެ. އެގޮތުން 2040 އަންނަންވާއިރަށް އެ ގައުމުން 11،000 ޑްރޯން އުފެއްދުމަށް ވަނީ ނިންމާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ