ބްރެޒިލް ގައުމީ ޓީމާ ވަގުތީގޮތުން ހަވާލުވެ ހުރި ކޯޗު، ފެނާންޑޯ ޑިނީޒް އެ މަގާމު ދޫކޮށްލައިފިއެވެ.
ޑިނީޒް، ބްރެޒިލާ ހަވާލުވެ ހުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ވޯލްޑް ކަޕް 2026ގެ ކޮލިފިކޭޝަން ހަ މެޗަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރެއިން ތިން މެޗުން ބްރެޒިލް ބަލިވެފައިވާ އިރު، އެއް މެޗުން ވީ އެއްވަރެވެ. މޮޅުވީ އެންމެ ދެ މެޗުންނެވެ.
ބްރެޒިލް މިހާރު އޮތީ ކޮލިފިކޭޝަން ގްރޫޕްގެ ހަވަނައިގައެވެ. އެއީ އޮޓޮމެޓިކް ކޮލިފިކޭޝަން ޖާގައެއް ލިބޭ އެންމެ ފަހު ސްޕޮޓެވެ.
ބްރެޒިލް ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޑިނީޒްގެ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށާއި، އޭނާއަށް ފަހި މުސްތަގުބަލަކަށް އެދޭ ކަމަށެވެ. ބްރެޒިލް ފުޓުބޯޅަ އިދާރާގެ ރައީސް މާރިއޯ ބިޓެންކޯޓު ވަނީ ބްރެޒިލް ގައުމީ ޓީމަށް ދާއިމީ ކޯޗެއް ހޯދަން މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން އެޓީމާ ހަވާލުވުން އެންމެ ގާތީ މިހާރު ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ކާލޯ އެންޗެލޮޓީއެވެ.
ބްރެޒިލްގެ ކޯޗުކަމުގައި ކުރިން ހުރި ޓީޓޭ މަގާމު ދޫކޮށްލީ 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ފަހުއެވެ. އެ މެޗުގައި ބްރެޒިލް ކްރޮއޭޝިއާ އަތުން ބަލިވި އިރު، އޭގެ ފަހުން ބްރެޒިލުން އަދި ދާއިމީ ކޯޗެއް ހަމަޖައްސާފައެއް ނުވެއެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް