މާލޭގެ ދެ ކައުންސިލަރުން ކަމަށްވާ، ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރްޔަމް ރީހާން ނާޒިމް، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް މިއަދު ސޮއިކޮށްފިއެވެ.
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މެނިފެސްޓޯގެ ލޯންޗު ކުރުމަށް ޕީއެންސީގެ މައި އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި އެ ދެ ކައުންސިލަރުން ވަނީ ޕާޓީއަށް ސޮއިކުރި ފޯމު، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކޮށްފައެވެ.
ރީހާންއަކީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބު ކައުންސިލަރެކެވެ. އޭނާ ފަހުން ދަ ޑިމޮކްރެޓްސްއާ ގުޅުނު ނަމަވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާބަށްފަހު މިދިޔަ މަހުގެ ކުރީކޮޅު އެ ޕާޓީން ވަނީ ވަކިވެފައެވެ.
ނިޒްލީއަކީވެސް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި ކައުންސިލަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު