ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި މަޔޯކާ ބަލިކުރި އިރު، އެތުލެޓިކޯ މެޑްރިޑު ކައިރިން މޮޅުވެ، ޖިރޯނާއިންވެސް ހިތްވަރު ދަމަހައްޓައިފިއެވެ.
ރެއާލްއިން އަމިއްލަ ދަނޑުގައި މަޔޯކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރެއާލްއިން އެންމެފަހުން ކުޅުނު 18 މެޗުންވެސް އެޓީމު ބަލިވެފައިނުވާ އިރު، ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ 19 މެޗުން 48 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ޖިރޯނާއިން ރޭ 4-3 އިން އެތުލެޓިކޯ ބަލިކުރި އިރު، އެޓީމަށްވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފައެވެ. ހަތަރެއްގައި އޮތް ބާސެލޯނާ އަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފައެވެ.
ރެއާލްއިން ރޭ ކުޅުނު މެޗުގައި އުނދަގޫ މޮޅެއް ހޯދި އިރު، މަޔޯކާއިން ވަނީ ފުރަތަމަ ހާފުގައި ރެއާލް ކޮޅަށް ނުރައްކާ ކޮށްފައެވެ. އެންޓޯނިއޯ ސަންޗޭޒް ޖެހި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، ސަމޫ ކޮސްޓާ ޖެހި ބޯޅަވެސް އަމާޒުވީ ދަނޑިއަށެެވެ.
ރޭގެ މެޗުގައި ރެއާލްއަށް ހަމައެކަނި ގޯލު ޖަހައިދިނީ އެންޓޯނިއޯ ރުޑިގާއެވެ. އެއީ މެޗު ނިމެން ދަނިކޮށެވެ.
އެތުލެޓިކޯ އާއި ޖިރޯނާގެ ކުރިމަތިލުން ދިޔައީ ފޯރިގަދަކޮށެވެ. މެޗުގެ ދެވަނަ މިިނިޓުގައި ޖިރޯނާގެ ވެލަރީ ފެނާންޑޭޒް އެ ޓީމަށް ލީޑުނަގައިދިނެވެ. އެތުލެޓިކޯއިން އެއްވަރުކުރީ މެޗުގެ 14 ވަނަ މިނިޓުގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. ސާވިއޯއާއި ޑޭލީ ބްލިންޑް ޖެހި ގޯލުތަކުން، ޖިރޯނާއިން ދެ ގޯލުގެ ލީޑެއްވެސް މެޗުގައި ނަގާފައިވާ އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރާޓާ ވަނީ އިތުރު ގޯލެއް ޖަހައި، އެތުލެޓިކޯ އަށް އުންމީދެއް ހޯދައިދީފައެވެ.
ދެ ވަނަ ހާފު ފެށިގެން ނުވަ މިނިޓް ތެރޭ އިތުރު ގޯލެއް ޖަހައި، މޮރާޓާ ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފައެވެ. މޮރާޓާގެ ހެޓްރިކުން މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ޖިރޯނާ މޮޅުވީ އިތުރު ވަގުތުގެ ފުރަަތަމަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. އެގޯލު ޖެހީ އިވާން މާޓިންއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ