މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އަލީ ޒާހިރު، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފިއެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސްކަންވެސް ކުރެއްވި އަލީ ޒާހިރު އެކަން އިއުލާން ކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"މި ފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެ ދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިއުލާން ކުރަމެވެ. ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އެދެމެވެ," އެކްސްގައި ކުރެއްވި ޕޯސްޓުގައި އަލީ ޒާހިރު ވިދާޅުވެފައިވެއެވެ.
ފެލިދޫ ދާއިރާގައި ހިމެނެނީ ފެލިދޫގެ އިތުރުން ފުލިދޫ އަދި ތިނަދޫއެވެ.
ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވީ ޕީއެންސީގެ ފަރާތުން ފަޒުލް ރަޝީދެވެ. އޭނާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރުމުން އެ ގޮނޑި ވަނީ ހުސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު