ބޯކޮށް ވާރޭވެހި ފުވައްމުލަކު ސިޓީގެ 15 ގެއަކަށް ފެން ވަދެ، ގެއްލުންތަކެއްވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން މިއަދު ބުނީ ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ސިޓީގެ ބައެއް އަވަށްތަކުގެ ގެތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. ފެން ވަދެ ގެއްލުން ލިބިފައިވާ، ގެތަކުގެ ހާލަތު ވަޒަންކުރަމުންދާ ކަމަށް އެންޑީއެމްއޭން ބުންޏެވެ.
އެ ރަށުގެ 15 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށާއި ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭ ވަރަށް ގެއްލުން ވެފައިނުވާ ކަމަށް އެންޑީއެމްއޭން ބުންޏެވެ.
ފުވައްމުލަކުގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް، ފުލުހުން، ސިޓީ ކައުންސިލް އަދި އެ ރަށު ރައްޔިތުން ވަނީ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު