އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބާންލީ ކައިރިން މޮޅުވެ، ލިވަޕޫލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ބާންލީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ލިވަޕޫލުން ކުރިމަތިލާފައި ވަނީ އެންމެ ބައްޔަކާއެވެ. ޖުމުލަ ހަތް މެޗަކުން އެޓީމަށް މިހާތަނަށް ޕޮއިންޓް ގެއްލިފައިވާ އިރު، އެއްވަނައިގައި އޮތީ 19 މެޗުން 42 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެސްޓަން ވިލާއިންވެސް އޮތީ 19 މެޗުން 24 ޕޮއިންޓް ހޯދައިފައެވެ. ލިވަޕޫލާ އޮތް ފަރަގަކީ ފައިދާ ފަސް ގޯލުގެ ތަފާތެކެވެ.
އާސެނަލް މިވަގުތު ތިންވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި ޓޮޓެންހަމް އޮތް އިރު، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ފަސްވަނައިގައެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ފެށީ ވަރުގަދަކޮށެވެ. އެޓީމުން ވަނީ ހަ މިނެޓް ހިނގިތަނާ ލީޑު ނަގައިފައެވެ. އެއީ ގޯލަކީ ޑާވިން ނުނިއޭޒް ޖެހި ގޯލެކެވެ. ނުނިއޭޒް ރޭގެ މެޗުގައި ގޯލު ޖެހީ އެންމެފަހުން ކުޅުނު 12 މެޗުގައިވެސް ގޯލެއް ނުޖެހި ހުރުމަށްފަހުއެވެ.
އެ ގޯލަށްފަހު ލިވަޕޫލުން ކުރި ނުރައްކަލުގެ ހުރަހަކަށްވީ ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑެވެ. މުހައްމަދު ސަލާހުގެ ނުރައްކާތެރި ހަމަލާއެއްވެސް ޓްރެފޯޑު މަތަކުރި އިރު، ސަލާހްގެ އިތުރު ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ލިވަޕޫލުން ގޯލަކަށް މަސައްކަތް ކުރި ކުރުމުގައި ގިނަ ފުރުސަތުތަކެއް ބޭކާރުވަމުން ގޮސް، ފަހުވަގުތު ބާންލީން ނަތީޖާ ހަމަހަމަ ކުރުމާވެސް ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް، ނިމެންދަނިކޮށް، ޑިއޭގޯ ޖޮޓާ ވަނީ ދެވަނަ ގޯލެއް ޖަހައިދީ ލިވަޕޫލަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު