އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ވުލްވްސް ކައިރިން 2-1 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ޗެލްސީން ވުލްވްސް ކައިރިން ބަލިވި މެޗުގައިވެސް އެޓީމުން ފުރުސަތުތައް ތަނަވަސްކޮށްވެސް ގޯލެއް ނުޖެހުނެވެ. މިހާތަނަށް މި ސީޒަނުގައި ބޮޑު 36 ފުރުސަތެއް ޗެލްސީން ވަނީ ނަގާލައިފައެވެ. އެއީ އެންމެ ގިނަ ފުރުސަތުތައް ބޭކާރު ކޮށްލި ޓީމުވެސް މެއެވެ.

އެންމެފަހުން އަވޭގައި ކުޅުނު ހަތަރު މެޗުންވެސް ޗެލްސީ ބަލިވެފައިވާ އިރު، އެޓީމު މިވަގުތު 10 ވަނައިގައި އޮތީ 18 މެޗުން 22 ވަނައިގައެވެ. ޗެލްސީ އަށް މެޗުން މި ސީޒަނުގައި ބަލިވެފައިވާ އިރު، މިއީ 2000 ވަނަ އަހަރަށްފަހު އެޓީމުގެ އެންމެ ދަށް އަވޭ ރެކޯޑެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އާއި ރަހީމް ސްޓާލިންއަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ވުލްވްސްއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ކޯނަރަކުން ގޯލު ޖަހައިފައެވެ. އެ ގޯލު ޖަހައިދިނީ މާރިއޯ ލެމީނާއެވެ. އެ ގޯލާއެކުވެސް ޗެލްސީން މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވާ އިރު، ދެންވެސް ފެނުނީ ވުލްވްސްގެ ގޯލެކެވެ. އެ ގޯލު ޖެހީ މެޓް ޑޮހާޓީއެވެ.

މެޗު ނިމެންދަނިކޮށް، ބަދަލަކަށް އެރި ކްރިސްޓޮފާ އެންކުންކޫ ޗެލްސީއަށް ގޯލެއް ޖަހައިދިން ނަމަވެސް، ނިމިގެން ދިޔައީ މާޔޫސް ކަމުގައެވެ.

"ޕްރިމިއާ ލީގުގައި ފުރުސަތުތަކުގެ ބޭނުން ނުހިފިއްޖެނަމަ، މި އަދަބު ލިބޭނެ. ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުންކުރަން ޖެހޭނެ. އަހަރެން އެންމެ ބޮޑަށް މާޔޫސްވީ މިއީ ހައްގު މިންވަރު ނޫންކަން އެނގޭތީ. މިއަށްވުރެ ނަތީޖާ ރަނގަޅުވާން ޖެހޭ،" ޗެލްސީ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ރޭގެ މެޗަށްފަހު ބުންޏެވެ.