އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލްގެ ދަނޑުގައި އެއްވަރުކޮށް، އާސެނަލުން ލީގު ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
ރޭ އެންފީލްޑްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، އާސެނަލް އެއްވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 18 މެޗުން 39 ޕޮއިންޓާ އެކުގައެވެ. އެސްޓަން ވިލާއިން ތިންވަނައިގައި އޮތީވެސް 18 މެޗުން 39 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލާއި އެޓީމުގެ ދެމެދުގައި އޮތީ ފައިދާ ގޯލުގެ ފަރަގެކެވެ.
ރޭގެ މެޗަށް ނުކުތް އިރު، ދެޓީމަށްވެސް މޮޅުވެގެން އެއްވަނައަށް ޖެހިލެވެން އޮތެވެ. އެހެން ނަމަވެސް، އެ ތިން ޕޮއިންޓް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ނުހޯދުނެވެ. ރޭގެ މެޗު އާސެނަލްއިން ފެށީ ކުރީ ބައިގައި ގޯލެއް ޖަހައިގެންނެވެ. މާޓެން އޮޑެގާޑުގެ ހިލޭ ޖެހުމަކަށް ކުރިއަށް އަރައި، ޑިފެންޑަރު ގެބްރިއަލް ވަނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައި، ހަތަރުވަނަ މިނެޓުގައި ލީޑު ނަގައިދީފައެވެ.
އެ ގޯލަށްފަހު ލިވަޕޫލުން މަޑު މަޑުން މެޗު ތެރެއަށް ވަދެ ހަމަލާތައް އުފެއްދި އިރު، ހާވީ އެލިއޮޓާއި ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑްގެ ފުރުސަތުތައް ފާހަގަވިއެވެ. ލިވަޕޫލުން ކުޅުން ރަނގަޅު ކުރަމުން ގޮސް، 29 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލަކީ އާނޯލްޑްގެ ބޯޅައެއް އޭރިއާ ތެރެއަށް ކޮންޓްރޯލް ކޮށްލައި، މުހައްމަދު ސަލާހް ޖެހި މޮޅު ގޯލެކެވެ.
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތަކަށް ދެ ޓީމުންވެސް ޕްރެޝަރު ކުރިއެވެ. ހާއްސަކޮށް ދެވަނަ ހާފުވެސް ފެނިގެން ދިޔައީ ޝައުގުވެރި ދެވަނަ ހާފެއްގެ ގޮތުގައެވެ. މަދުވީ ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު