އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ފަރާތްތަކުގެ މުސާރައަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ލިބިދީފައިވަނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށާއި، މަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށާއި ފަނޑިޔާރުންނަށާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

  • އަސާސީ މުސާރަ 53،125
  • ލިވިން އެލަވަންސް 20،000
  • ފޯނު އެލަވަންސް 1،000
  • ޖުމްލަ 74،125
  • އަސާސީ މުސާރަ 61،700 ރުފިޔާ
  • ލިވިން އެލަވަންސް 25،000 ރުފިޔާ
  • ރިސްކު އެލަވަންސް 3،300 ރުފިޔާ
  • ފޯނު އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 91،000 ރުފިޔާ
  • އަސާސީ މިސާރަ 51،000 ރުފިޔާ
  • ލިވިން އެލަވަންސް 25،000 ރުފިޔާ
  • ފޯނު އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 27،000 ރުފިޔާ
  • އަސާސީ މުސާރަ 59700 ރުފިޔާ
  • ލިވިން އެލަވަންސް 25،000 ރުފިޔާ
  • ރިސްކު އެލަވަންސް 3،300 ރުފިޔާ
  • ފޯނު އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 89،000 ރުފިޔާ
  • އަސާސީ މުސާރަ 28،000 ރުފިޔާ
  • ލިވިން އެލަވަންސް 15،000 ރުފިޔާ
  • ރިސްކު އެލަވަންސް 3،300 ރުފިޔާ
  • ފޯން އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 57،300 ރުފިޔާ
  • އަސާސީ މުސާރަ 47،700 ރުފިޔާ
  • ލިވިން އެލަވަންސް 18،000 ރުފިޔާ
  • ރިސްކު އެލަވަންސް 3،300 ރުފިޔާ
  • ފޯނު އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 70،000 ރުފިޔާ
  • އަސާސީ މުސާރަ 36،000 ރުފިޔާ
  • ލިވިން އެލަވަންސް 15،000 ރުފިޔާ
  • ރިސްކު އެލަވަންސް 3،300 ރުފިޔާ
  • ފޯނު އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 55،300 ރުފިޔާ
  • އަސާސީ މުސާރަ 45،700 ރުފިޔާ
  • ލިވިން އެލަވަންސް 18،000 ރުފިޔާ
  • ރިސްކު އެލަވަންސް 3،300 ރުފިޔާ
  • ފޯނު އެލަވަންސް 1،000 ރުފިޔާ
  • ޖުމްލަ 68،000 ރުފިޔާ

މީގެ އިތުރުން ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންގެ މުސާރަ ބޮޑު ކުރުމަށްވެސް ކޮމިޓީން މިއަދު ފާސްކުރިއެވެ.

އެގޮތުން ކުރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ އިސްގާޒީގެ އަސާސީ މުސާރަ 39،700، ލިވިން އެލަވަންސް 18،000، ރިސްކު އެލަވަންސް 3،300، އަދި ފޯނު އެލަވަންސްގެ 1،000 ރުފިޔާއާއެކު ޖުމްލަ 62،000 ރުފިޔާއަށް، އަދި އެ ކޯޓުތަކުގެ ގާޒީންގެ އަސާސީ މުސާރަ 37،700، ލިވިން އެލަވަންސް 18،000، ރިސްކު އެލަވަންސް 3،300، ފޯނު އެލަވަންސްގެ 1،000 ރުފިޔާއާއެކު ޖުމްލަ 60،000 އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން މެޖިސްޓްރޭޓު ކޯޓުތަކުގެ ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރަ 28،350، ލިވިން އެލަވަންސް 12،000، ރިސްކު އެލަވަންސް 1650، ފޯނު އެލަވަންސްގެ 1،000 ރުފިޔާއާއެކު ޖުމްލަ 43،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ. އަދި އެ ކޯޓުގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓަރުންގެ އަސާސީ މުސާރަ 26،350 ރުފިޔާއަށް، ލިވިން އެލަވަންސްގެ 12،000 ރުފިޔާ އާއި ރިސްކު އެލަވަންސްގެ 1650 ރުފިޔާ އާއި ފޯނު އެލަވަންސްގެ 1،000 ރުފިޔާއާއެކު ޖުމްލަ 41،000 ރުފިޔާއަށް ބޮޑުކުރަން ވެސް ވަނީ ފާސްކޮށްފައެެވެ.