މޯލްޑިވްސް ޕޮލިސް ސާވިސް އިން މަސްތުވާތަކެއްޗާ ދެކޮޅަށް ފާއިތުވި ދެ ހަފުތާތެރޭ ހިންގި އޮޕަރޭޝަންތަކުގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފަައިވާ ޓާސްކްފޯހުގެ އޮޕަރޭޝަންތަކުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގަނެ، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އުފައްދާފައިވާ ޓާސްކްފޯހުގައި ހިމެނެނީ ފުލުހުންގެ އިތުރުން ކަސްޓަމްސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއެވެ.