ޓީސީ ސްޕޯޓްސް ކްލަބު އަތުން މޮޅުވެ، މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނުން ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ޓީސީ ބަލިކުރީ، 4-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން މޮޅުވެ، މާޒިޔާ އިން ވަނީ 13 މެޗުން 37 ޕޮއިންޓް ހޯދައި, ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓް ލިބިފައިވާ ކްލަބު އީގަލްސްއެވެ. މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ދެވަނައިގައި އޮތް އީގަލްސްއާއި އެއްވަނައިގައި އޮތް މާޒިޔާ ވާދަކުރަން އޮތް މެޗެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހަވީރުއެވެ.
މާޒިޔާއިން ވަނީ ޓީސީ ކޮޅަށް ފުރަތަމަ 25 މިނެޓް ތެރޭގައި ތިން ގޯލު ޖަހައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މާޒިޔާގެ ސާބިއާ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް އެ ޓީމަށް ލީޑު ނަގައިދިން އިރު، މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ 16 ވަނަ މިނިޓްގައި އިބްރާހިމް އައިސަމް ޖެހި ގޯލުންނެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ޕެނަލްޓީ އަކުން މާޒިޔާގެ ތިންވަނަ ގޯލު ޖަހައިފައެވެ.
ދެވަނަ ހާފުގައި މާޒިޔާގެ ހަތަރުވަނަ ގޯލު، ބަލަބަނޮވިޗް ކާމިޔާބުކުރީ 76 ވަނަ މިނެޓުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު