ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮމިޓީއެއް އުފައްދައިފިއެވެ.
ޖޭއެސްސީން މިއަދު ވަނީ އެ ކޮމިޝަންގެ ހިންގާ ގަވާއިދު "ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ހިންގާ ގަވާއިދު" އަށް އިސްލާހު ގެނެސްފައެވެ.
އެ އިސްލާހުގައި ވަނީ ގަވާއިދުގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް (8) ވަނަ ނަމްބަރު އިތުރުކޮށްފައެވެ.
އެ ނަމްބަރުގައި ބަޔާންކޮށްފައިވަނީ "ދާއިމީ ކޮމިޓީ"އެވެ. އޭގެ ތަފުސީލުގައި ބަޔާންކޮށްފައިވަނީ "ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަންނަ ކޮމިޓީ" އެކުލަވާލުމެވެ.
އެ އިސްލާހަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. ޖޭއެސްސީން އެ އިސްލާހު ގެންނަން ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް އެކުލަވާލާ ކޮމިޓީގައި ތިބޭނީ ތިން މެންބަރުންނެވެ. އެއީ ޖޭއެސްސީގެ ރައީސްގެ އިތުރުން އެ ކޮމިޝަންގެ އިތުރު ދެ މެމްބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު