އައްޑޫ ސިޓީ ހިތަދޫގެ ފީހަރައަކުން ވައްކަންކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 15:10 ހާއިރު ހިތަދޫ ފިހާރައަކުން ވައްކަން ކުރަން އުޅުނު މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ވައްކަން ކުރަން ވަން މީހާ ހިފަހައްޓަން އެ ފިހާރައިގެ ސޭޓު ކުރި މަސައްކަތުގެ ސަބަބުން، ސޭޓަށް އަނިޔާވެފައިވާތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.