ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނު އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އަށް މިރޭ ސޮއިކުރައްވައިފިއެވެ.
ޔާމީން، ޕީއެންއެފްއަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާއެއްގައެވެ.
ޔާމީން އުފެއްދެވި ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެ މަނިކުފާނު ޕީޕީއެމުން ވެސް ވަކިވެވަޑައިގަތް ދުވަހެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ، ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ، ޕީޕީއެމް/ޕީއެންސީއަށް ވެރިކަމަށް ވަޑައިގެން ޔާމީން ވަރަށް ބޮޑަށް އެކަހެރިކޮށްލާފައިވާ ކަމަށެވެ. އެގޮތުން ޔާމީން މަޝްވަރާ ކަންކަމުގައި ނުހޯދުމުގެ އިތުރުން އެ މަނިކުފާނު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޯނުން ގުޅުއްވުމުން ޖަވާބު ވެސް ނުދެއްވާ ކަމަށެވެ. އަދި މެސެޖަށް ވެސް ޖަވާބު ދެއްވާ ނުދެއްވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު