މެންޗެސްޓާ ޔުނައިޓެޑްގެ ޓީމާއެކު ތަމްރީނުކޮށް، ޓީމަށް އެނބުރި އަންނަން ކުރާ ޖެހޭ ކަންތައް ޖޭޑަން ސަންޗޯއަށް އެނގޭނެ ކަމަށާއި، އެ މަސައްކަތް އޮތީ ސަންޗޯގެ އަތްމަތީގައި ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
އުމުރުން 23 އަހަރުގެ ސަންޗޯއާއި ޓެން ހާގުގެ ގުޅުން ގޯސްވެފައިވަނީ ސެޕްޓެމްބަރު މަހު ތެރޭގައެވެ. ސަންޗޯ ޔުނައިޓެޑަށް ބަދަލުވިފަހުން އަދި މިހާތަނަށް ފޯމު ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑުން އާސެނަލާ ދެކޮޅަށް ސެޕްޓެމްބަރު މަހު ކުޅުނު މެޗަށްފަހު ޓެން ހާގު ވަނީ ސަންޗޯއަށް ފާޑު ކިޔައިފައެވެ. ސަންޗޯ ތަމްރީނުތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ޓެން ހާގު ބުނެފައިވާ އިރު، ސަންޗޯ ވަނީ އެކަމަށް ރައްދު ދީފައެވެ.
ސަންޗޯ ބުނީ ދައްކާ ހުރިހާ ވާހަކައެއް ގަބޫލުނުކުރުމަށާއި، ބަލިވުމުން ޓެން ހާގު އޭނާ ހެދީ ގުރުބާން ކޮށްލި ބަކައްޓަކަށް ކަމަށެވެ.
ޓެން ހާގުގެ އުސޫލުތަކާ މެދު ބައެއް ކުޅުންތެރިން ހިތްހަމަ ނުޖެހޭ ކަމަށްވެސް މީޑިއާގައި ވާހަކަތައް ތިލަވެފައިވާ އިރު، ޗެލްސީ ކައިރިން ހޯދި މޮޅަށްފަހު އެޓީމު އޮތީ ހަމަޖެހިލައިފައެވެ. އެ މެޗުގެ ވާހަކައިގެ އިތުރުން ޓީމު ތެރޭގެ އެި ވާހަކަތައް ދައްކަމުން ގޮސް ޓެން ހާގު ބުނީ "ސަންޗޯ އެނބުރި އަންނަން ކުރަން ޖެހޭ މަސައްކަތް އޭނާއަށް އެނގޭ،" ކަމަށެވެ.
"ސަންޗޯއަށް އެނގޭނެ ކުރަން ޖެހޭ ކަންތައް. ކޮންމެ ކުޅުންތެރިޔަކަށްވެސް އެނގެން ޖެހޭނެ ވަކި ސަގާފަތަކަށް ފިޓްވާން ޖެހޭނެކަން. އެކަން ކުރަން އޮންނަ ގޮތަކަށް، އެ ޓީމެއްގައި އެކަން ކުރަން ޖެހޭނެ،" ޓެން ހާގު ބުންޏެވެ.
ސަންޗޯއަށް މިދިޔަ ސީޒަނުގައިވެސް އަނިޔާގެ މައްސަލަތަކާއި ނަފްސާނީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެންމެފަހުން ޔުނައިޓެޑް ޖާޒީގައި އޭނާ މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް މަހުގައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް