ފްރާންސް ލީގުގައި ރޭ އެފްސީ ނޯންޓާއި ނީސް ވާދަކުރި މެޗުގެ ކުރިން، ސަޕޯޓަރުންގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި ނޯންޓްގެ ސަޕޯޓަރަކު މަރުވެއްޖެއެވެ.
ނީސް އާއި ނޯންޓް، ނޯންޓްގެ ދަނޑުގައި ކުޅުނު މެޗުން ނީސް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ނޯންޓްގެ ބެއުޖޮއިރޭ ސްޓޭޑިއަމަށް ދިޔަ ނީސްގެ ސަޕޯޓަރުންނަށް ނޯންޓްގެ ސަޕޯޓަރުން ހަމަލާ ދިނުމުން ބޮޑު ހަމަނުޖެހުމަކަށް ގޮސްފައިވާ އިރު، ނީސްގެ ސަޕޯޓަރަކު ވަނީ ވަޅިން ހަމަލާ ދީފައެވެ.
އެ ހަމަލާގައި މަރުވި އުމުރުން 31 އަހަރުގެ ފިރިހެން މީހާގެ ބުރަކަށިން ވަޅި ޖެހިތަން ފެންނަން ހުރި ކަމަށް ނޯންޓްގެ ޕްރޮސެކިއުޓާ ރެނާޑް ގައުޑެއުލް ވިދާޅުވެފައިވެއެވެ. އެ މައްސަލައިގައި ނީސްގެ ސަޕޯޓަރުން ގޮވައިގެން އައި ބަހުގެ ޑްރައިވަރުވެސް މިހާރު ހައްޔަރުކޮށްފައިވާ އިރު، ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ ހިތާމަވެރި ހާދިސާގައި މަރުވި ސަޕޯޓަރުގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
އޭގެ އިތުރުން އެ ކްލަބުން ބުނީ ހާދިސާ ހިނގިތަނުގައި ތިބި ގިނަ ފަރާތްތަކަކާ ސުވާލުކޮށް، ކަމުގެ ހަގީގަތް ބަލަމުންދާ ކަމަށެވެ.
ފްރާންސް ލީގުގައި ސަޕޯޓަރުންގެ މާރާމާރީތައް އިތުރުވަމުންދާ މައްސަލައިގައި ފްރާންސްގެ ކުޅިވަރާ ބެހޭ ވަޒީރު އަމޭލިއާ އޯޑެއާ-ކަސްޓޭރާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް