ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ގްރަނާޑާ ބަލިކުރި އިރު، އެޓީމާ ވާދަކުރަމުން އަންނަ ޖިރޯނާއިން ވެލެންސިއާ ބަލިކޮށްފިއެވެ.
ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި ގްރަނާޑާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ލާލީގާގެ އެއްވަނައަށް ވާދަކުރުން ފޯރިގަދަކޮށް އޮތް އިރު، އިއްޔެ ވަގުތުކޮޅަކަށް ޖިރޯނާ ވަނީ އެއްވަނައިގައި އޮވެފައެވެ. އެއީ އެޓީމުން ރެއާލް މެޗުގެ ކުރިން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި 2-1 އިން ވެލެންސިއާ ބަލިކުރުމުންނެވެ.
ރެއާލްއިން ރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ފެށުންވެސް ވަރުގަދަކޮށް ފެނުނު އިރު، މެދުތެރެއިން ކޮންޓްރޯލް ނަގައި އެންމެ ރަނގަޅަށް ކުޅެމުން ދިޔައީ ޓޯނީ ކްރޫސް އެވެ. ކްރޫސްގެ ތަފާތު، ފުރަތަމަ ގޯލުގައިވެސް ފެނިގެން ދިޔައެވެ. މެދުތެރެއިން ހުސްކޮށްލާފައި، 26 ވަނަ މިނެޓުގައި ދުއްވާލި ބޯޅައިން ރެއާލްއަށް ލީޑު ނަގައިދިނީ ބްރަހީމް ޑިއާޒެވެ.
އެ ގޯލާއެކު ފުރަތަމަ ހާފު ލީޑުގައި ނިންމާލި ރެއާލްއިން މެޗުން ތިން ޕޮއިންޓް ޔަގީންކުރީ އިތުރު ގޯލަކާއެކުގައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ރޮޑްރީގޯ ރެއާލްގެ ދެވަނަ ގޯލު ޖަހައިދިނީ ޖޫޑް ބެލިންހަމްގެ ހަމަލާއެއްގެ ރީބައުންސް ބޯޅައިގައެވެ.
ޖިރޯނާ ކުޅުނު މެޗުގައި ހޫގޯ ޑޫރޯގެ ގޯލުން ވެލެންސިއާ ފުރަތަމަ ލީޑު ނެގި ނަމަވެސް، މިޑްލްސްބަރާއަށް ކުރިން ކުޅުނު ފޯވަޑް، ކްރިސްޓިއަން ސްޓުއާނީގެ ދެ ގޯލުން ޖިރޯނާ ނަތީޖާ އަނބުރާލިއެވެ.
ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލްއާއި ޖިރޯނާއަށްވެސް 15 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ