އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ކުޅެފައި ވަނީ ފިނިގަދަ މާހައުލެއްގައެވެ. ދެވަނަ ހާފުގައި ޖެހި ގޯލާއެކު ނިއުކާސަލްއިން 1-0 އިން މެޗު ކާމިޔާބުކުރި އިރު، އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ނިއުކާސަލްއިން ވަނީ ޔުނައިޓެޑް ބަލިކޮށްފައެވެ. ރޭގެ ކުރިން އެންމެފަހުން ދެޓީމު ވާދަކުރީ ކަރަބޯއާ ކަޕްގައެވެ. އެެއީ މީގެ މަހެއް ކުރިންނެވެ. އެ މެޗުން ނިއުކާސަލް މޮޅުވީ 3-0 އިންނެވެ.
މެޗުން މޮޅުވެ. ނިއުކާސަލް ތާވަލުގެ ފަސްވަނައިގައި 14 މެޗުން 26 ޕޮއިންޓާއެކު އޮތް އިރު، ޔުނައިޓެޑް ހަތްވަނައިގައި އޮތީ 14 މެޗުން 24 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގައި ނިއުކާސަލްއިން ރަނގަޅަށް ފަށައި، ނުރައްކާ ކުރިއެވެ. އެލެކްސެންޑްރާ އިސާކްގެ ހަމަލާ ،ހެރީ މެގުއާ ގައިގައި ޖެހި ކުޑަ ތަންކޮޅަކުން ބޭރަށް ދިޔަ އިރު، ކީރަން ޓްރިޕިއާގެ ހިލޭ ޖެހުން ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. ފުރަތަމަ ހާފުގައިވެސް ނުރައްކާ ކުރަމުންދިޔަ ނިއުކާސަލްއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ގޯލު ޖެހި އިރު، އެ ގޯލު ޖެހީ ފޯމުގައި ހުރި އެންތޮނީ ގޯޑޮންއެވެ.
ގޯޑަން، 55 ވަނަ މިނެޓުގައި ގޯލު ޖެހީ ޓްރިޕިއާގެ ހިތްގައިމު ހުރަހަކުންނެވެ. އެ ގޯލާއެކު ނިއުކާސަލްއިން ހަމަޖެހިލައި ނަތީޖާ ދިފާއުކޮށްފައިވާ އިރު، އެޓީމަށް މާޔޫސްވީ ފަހުވަގުތު ކީޕަރު ނިކް ޕޯޕްގެ ކޮނޑަށް ސީރިއަސް އަނިޔާއެއްވެ، ބާލަން ޖެހުމުންނެވެ. 86 ވަނަ މިނެޓުގައި ޕޯޕްގެ ބަދަލުގައި ކުޅެން ނެރުނީ މާޓިން ޑުބްރުވާކާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު