ސައުދީ އަރަބިއާގެ ލީގުގައި ކުޅެމުންދާ ޕޯޗުގަލްގެ ތަރި އަދި އެގައުމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނުނު މަންޒަރަކަށް ތައުރީފް އޮހެން ފަށައިފިއެވެ.
އަލް ނަސްރުން އޭޝިއަން ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ވާދަކުރީ އިރާނުގެ ޕާސެޕޮލިސްއާ ދެކޮޅަށެވެ. އެމެޗު 0-0 އިން އެއްވަރުވެފައިވާ އިރު، މެޗަށް ނުކުތް އިރުވެސް އަލް ނަސްރަށް އޮތީ ކޮލިފިކޭޝަން ޔަގީންވެފައެވެ. ރޭ ރިޔާދުގައި ކުޅުނު މެޗުގެ ކުރިންވެސް ނަސްރަށް ގްރޫޕްގެ އެއްވަނަ ޔަގީންވެފައި އޮތް އިރު، އެޓީމު ގްރޫޕް އީގެ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނައިގައި އޮތް ޕާސެޕޮލިސްއަށްވުރެ ފަސް ޕޮއިންޓް މަތީގައެވެ.
ރޭގެ މެޗުގެ ދެވަނަ މިނެޓުގައި 38 އަހަރުގެ ލެޖެންޑަރީ ފޯވަޑް ރޮނާލްޑޯ، އޭރިއާ ތެރެއިން ވެއްޓުމާއެކު މެޗު ރެފްރީ މާ ނިންގް ޕެނަލްޓީ ދިނެވެ. ޗައިނާގެ ރެފްރީ ނިންގް ޕެނަލްޓީ ދިނުމާއެކު ރޮނާލްޑޯ ތެދުވެ ބުނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.
އެހިސާބުން ރެފްރީ ގޮތް ނިންމަން ދިޔައީ ދަނޑުކައިރީގައި ހުރި ވީއޭއާރް މޮނީޓަރު ކައިރިއަށެވެ. ގޮސް ބެލުމަށްފަހު ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އަދި ރެފްރީ ވަނީ ރޮނާލްޑޯއަށް ޝުކުރު އަދާކުރުމުގެ ގޮތުން އިޝާރާތެއް ކޮށްލައިފައެވެ.
ރޭގެ މެޗުގައި ނަސްރުގެ އަލީ ލަޖަމީއަށް، މެޗުގެ 17 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކިއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ