ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ އާރްބީ ލެއިޕްޒިގާ ދެކޮޅަށް ނުކުންނަ އިރު، މެންޗެސްޓާ ސިޓީއަށް އޮތީ ގްރޫޕް ޖީގެ އެއްވަނަ ޔަގީން ކުރުން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިރޭ ސިޓީން ޗެމްޕިއަންސް ލީގުގައި ގްރޫޕް ޖީގައި ލެއިޕްޒިގާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ސިޓީގެ ދަނޑުގައެވެ. އެ މެޗަށް ސިޓީން ނުކުންނަނީ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. ސިޓީ އާއި ލެއިޕްޒިގުންވެސް ގަދަ 16 ޔަގީންކޮށްފައިވާ އިރު، މެޗުން މޮޅުވެގެން ނޫނީ އެމެޗު އެއްވަރު ކޮށްލައިގެންވެސް ސިޓީއަށް އެއްވަނަ ޔަގީން ކުރެވޭނެއެވެ. އެއްވަނަ ޓީމަށް ގަދަ 16 ގައި އަނެއް ގްރޫޕްތަކުގެ ދެވަނަ ޓީމުތަކުގައި ޖެހޭ އިރު، ގާޑިއޯލާ ގަބޫލުކުރާ ގޮތުގައި ތަށި ދިފާއުކުރަން އެއްވަނަ ނެގުން މުހިންމެވެ.
"އަހަރެމެންނަށް ޖެހޭނެ އެއްވަރުކުރަން ނޫނީ މޮޅުވާން. ފުރަތަމަ މަރުހަލާ މިއޮތީ ނިމިފައި. އެއީ ކޮލިފައިވުން. ދެން އޮންނާނީ އެއްވަނަ ހޯދުން. މުހިއްމު ކަމެއް އެއްވަނަ ހޯދުމަކީ. ގަދަ 16 އަށް ދާއިރު، ދެވަނަ މެޗު ހޯމްގައި ކުޅެން ޖެހުމަކީވެސް ފައިދާއެއް ނެގިދާނެ ކަމެއް. އެއީ ނަތީޖާ ކަނޑައަޅަން ސީދާ ބޭނުންވާ ކަމެއް ނޫން ނަމަވެސް، ހުރިހާ އެޑްވާންޓޭޖެއް ހޯދަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަނުގައި ސިޓީން ތިން ތަށި ހޯދައި ތާރީހު ލިޔެލި އިރު، އެޓީމުން ނުކުންނަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށެވެ. ސިޓީން ގްރޫޕް ސްޓޭޖުގައި ރަށުން ބޭރުގައި ލެއިޕްޒިގް ކައިރިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ