ހުޅުމާލޭގައި ކަރަކާއި ދެ ސައިކަލުޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމަތު މިއަދު މެންދުރު 12:09 ހާއިރު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެ ދެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާތަކެއްކަން ސާފެއް ނޫނެވެ.
އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތައް ދުއްވާފައި ވަނީ އީ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ޚަބަރު
ޚަބަރު