ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެގެން އެވަޓަންއިން ޕޮއިންޓް އުނިކުރި ގޮތަށް މެންޗެސްޓާ ސިޓީއާ މެދު ކަންކަން ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އެވަޓަންގެ ފައިސާގެ ހާލަތު ގޯސް، ކްލަބަށް ފުލުފުލުގައި ގެއްލުންވެފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުން އެޓީމުގެ 10 ޕޮއިންޓް އުނިކުރަން ޕްރިމިއާ ލީގުން ވަނީ ނިންމައިފައެވެ. ޕްރިމިއާ ލީގުން އެގޮތަށް ނިންމާފައިވަނީ މިނިވަން ކޮމިޓީއަކުން ކުރި ތަހުގީގަކަށްފަހުގައި ކަމަށް ޕްރިމިއާ ލީގުން ވަނީ ބުނެފައެވެ.
މީގެ ކުރިން ސިޓީން އެތައް ފަހަރަކު ފައިނޭންޝިއަލް ފެއާޕްލޭ އުސޫލުތަކާ ހިލާފުވެފައިވާ އިރު، އެޓީމުގެ މައްޗަށް ވަނީ 115 މައްސަލައެއް ފެންމަތިކޮށްފައެވެ. އެއީ ބޮޑެތި ހަރަދުތަކެއް ކޮށްގެންނެވެ. އެވަޓަންގެ ހާލަތާއި އެ ހާލަތު ތަފާތު ކަމަށް ގާޑިއޯލާ ބުނެފައިވާ އިރު، އޭނާ ބުނީ ސިޓީގެ ކަންކަން ބަލަމުންދާކަން އެނގިފައިވާ ކަމަށެވެ.
"އެވަޓަންގެ މައްސަލައާ ސިޓީގެ މައްސަލަ ހާސްބައި ތަފާތު. އެއީ އެއްކަހަލަ ދެ މައްސަލައެއް ނޫން. އަހަރެމެންގެ މައްސަލަތައް ގިނަކަމުން ކަންނޭނގެ ލަސްވަނީ. ދެ ފަރާތުގެ ގާނޫނީ ޓީމުތަކުން ދަނީ އެކަމުގައި މަސައްކަތްތަކެއް ކުރަމުން. ގޮތް ނިންމާނެ،" ގާޑިއޯލާ، މި ހަފުތާ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާ ގުޅިގެން ބޭއްވި ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ސިޓީން 2009 ވަނަ އަހަރުން 2018 ވަނަ އަހަރާ ދެމެދު 100 އަށްވުރެ ގިނަ ގޮތްގޮތުން ފައިނޭންޝިއަލް ފެއާޕްލޭ އުސޫލާ ހިލާފުވެފައިވާ އިރު، އެޓީމުގެ މައްސަލަތައް ބަލަން ފަށާފައިވަނީ އެވަޓަންގެ މައްސަލަތަކުގެ ކުރިން ފެބްރުއަރީ މަހުގައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ